މަރޮށީ ޙުސައިން ޢަބްދުﷲ ހިންގަވަން ފެއްޓެވި ސްކޫލް ރަސްމީ ގޮތުން އިއްޔެ ސަރުކާރާ ޙަވާލުކޮށްފި
މަރޮށީ ޙުސައިން އަބްދުﷲ ގެ ގޭގައި ހިންގަން ފެށުނު ސްކޫލް ރަސްމީ ގޮތުން އިއްޔެ ސަރުކާރާ ޙަވާލުކުރުމާ ގުޅިގެން ސަރުކާރުގެ ސްކޫލަކަށް ބަދަލުކޮށްފި އެވެ.އިއްޔެ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މިސްކޫލް ރަސްމީ ގޮތުން ސަރުކާރާއި ޙަވާލު ކޮށްދެއްވީ ޙުސައިން އަބްދުﷲ އެވެ. ސަރުކާރުގެ ފަރާތުން މިސްކޫލާ ރަސްމީ ގޮތުން ޙަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބް ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު އެވެ.މަރޮށީ ސްކޫލަކީ މަރޮށީގެ ކުރީގެ ކަތީބެއް ކަމަށްވާ ޙުސައިން ޢަބްދުﷲ އެރަށު ކުދިންނަށް ކިޔަވައި ދެއްވުމުގެ މަގްޞަދުގައި 1979 ގައި އަމިއްލަ ގޭގައި ފެށްޓެވި މަސައްކަތެކެވެ. އެސްކޫލް ތަރައްގީގޮށް އެންމެ މިޒަމާނުގެ ސްކޫލަކަށް ވަނީ މިހާރު ހައްދަވައި ފައެވެ. ސަރުކާރާއި އެސްކޫލް ރަސްމީކޮށް ޙަވާލު ކުރެއްވިއިރު އެސްކޫލުގައި 8،000 އަކަފޫޓުގެ ހޯލަކާއި އެންމެ މިޒަމާނުގެ ފެންވަރަށް ހެދިފައިވާ ކްލާސް ރޫމްތަކާއި، ފެންވަރު ރަނގަޅަށް ހެދިފައިވާ ފާޚާނާ ބަރިއެއް ހިމެނޭނެ ކަމަށް އެރަށު ކަތީބު އަޙްމަދު އަބްދުއްރަޙްމާން ވިދާޅު ވިއެވެ.މަރޮށީ ކަތީބު އަޙްމަދު އަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި ޙުސައިން ޢަބްދުﷲ އެސްކޫލް ހިންގެވުމުގައި އަމިއްލަ ގޮތުން 27 އަހަރު ވަންދެން މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް ބަލި ޙާލަތުހުރި ގޮތުން އެސްކޫލްގެ ކަންތަކާ ޢަބްދުއްރަޙްމާން އޭނާގެ ބޮޑުބޭބެއާ އެއްބައިވެ ސްކޫލް ހިންގެވުމުގައި އަމަލީ ގޮތުން ބައިވެރިވެލެއްވީ ކަމުގައި އަބްދުއްރަޙްމާން ވިދާޅު ވިއެވެ."ސްކޫލް ރަސްމީ ގޮތުން ސަރުކާރާ ޙަވާލު ކުރެއްވުމުން ރައްޔިތުންވެސް ވަރަށް އުފާވި. އަޅުގަނޑުގެ ބޮޑުބޭބެ ކޮށްދެއްވައިފައިވާ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް. އަދި އެކަމާ މަރޮށީ އެންމެންވެސް ފަޚުރުވެރިވާ މަސައްކަތެއް. މިއަދަށްފަހު އަޅުގަނޑުވެސް އަމިއްލަ ކަމެއްގައި ނޫނީ މިސްކޫލަކަށް ނުވަންނާނަން" އަޙްމަދު ޢަބްދުއްރަޙްމާން ވިދާޅު ވިއެވެ.1997 އިން ފެށިގެން ގްރޭޑް ދިހަޔަކަށް ކިޔަވައި ދެއްވަން ފަށައިފައިވާ މިސްކޫލްގައި މިހާރުު ދުއިސައްތައަށްވުރެ ގިނަ ކުދިން ތަޢުލީމް ހާޞިލް ކުރަމުން ދެއެވެ. މިސްކޫލް ރަސްމީ ގޮތުން ސަރުކާރާ ޙަވާލުކުރަން ނިންމެވި ގޮތާބެހޭ ގޮތުން މަރޮށީ ކަތީބު ވިދާޅުވީ، 1987 ގައި ސަރުކާރުގެ ފަރާތުން އެސްކޫލް 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރެއްވި ކަމަށެވެ. އެސްކޫލް ބަންދު ކުރެއްވީ އެސްކޫލުގައި ދީނީ ނަޞޭހަތްތަކެއް ބައެއް ފަރާތްތަކުން ދިނުމާއި ގުޅިގެން ކަމަށާއި، އެމައްސަލައާ ގުޅިގެން އެސްކޫލް ލައިބްރަރީގައި ހުރި ވަރަށް ގިނަ ދީނީ ފޮތްތައްވެސް ސަރުކާރުން ނަންގަވައިފައިވާ ކަމަށެވެ. އަދިއެއަށްފަހު އެސްކޫލް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށްފަހު ސަރުކާރާ ޙަވާލު ކުރައްވަން ނިންމެވީ ކަމަށެވެ.އެންމެ ޒަމާނީ ފެންވަރަށް ސްކޫލް ހެއްދެވުމަށްފަހު މިހާރު ސަރުކާރާ ސްކޫލު ޙަވާލު ކުރެވުނުއިރު އެތަނަކީ 7.7 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ހެދިފައިވާ ސްކޫލް ޢިމާރާތެއް ކަމަށްވެސް ކަތީބު ވިދާޅު ވިއެވެ. އެންމެ ޒަމާނީ ފެންވަރަށް ޢިމާރާތް ކުރެއްވުމަށްފަހު ސަރުކާރާ ސްކޫލް ޙަވާލު ކުރެވުނުއިރު އެސްކޫލް ހެދުމަށް ބޭނުންވާ ޚަރަދު ޢަބްދުއްރަޙްމާންވެސް ކުރެއްވި ކަމަށް އޭނާ މަޢުލޫމާތު ދެއްވަ އެވެ.

2 comments:
ހެހެހެ. އަހުމަދު ކަތީބު ކޮންހަރަދެއް ކުރީ! ފުރަތަމަ އެއީ އެމް އެޗް އޭ އިން ބޮޑު މުސާރަދީފަ ބަހައްޓާފަ ހުރި މީހެއް. އަހުމަދު ކަތީބަކީ އަމިއްލަ އެދުމާއިގެން މޮޔަވެފަ ހުރި މީހެއް. ދޮގުވެރިއެއްކަން އެނގޭނެ މިކިޔާ ކޮންމެ މީހަކަށް .. . . .
ތަންކޮޅެއް ކުރިން ފެނުނު ނަމަ މާއުނގޫދޫ ޑޮޓް ކޮމް ގައި މި ޚަބަރު ޖެހުނީސް ދެން ވެސް ޚަބަރެއް އޮތިއްޔާ އެންގެވުން އެދެން
Post a Comment