ކުޑަ ދެ ފިރިހެން ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ށ. މަރޮށީ ކުޑަކަތީބު ހައްޔަރުކޮށްފިއެވެ
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މަރޮށީ ބަގީޗާގޭ އިގްބާލް މުހައްމަދު ހުސައިން، 36، ހައްޔަރުކޮށްފައިވަނީ ކުޑަ ފިރިހެން ކުދިންތަކަކާއެކު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ޖިންސީ ގޯނާ ލިބުނުކަމަށްބުނާ 12 އަހަރުގެ ދެ ކުދިންގެ އާއިލާއިން މިއަދު ކިޔައިދިން ގޮތުގައި އިގުބާލަކީ އެ ދެކުދިންގެ ތެރެއިން ކުއްޖެއްގެ ބޮޑުބޭބެއެކެވެ. އޭނާ އެކުދިންނާ ބަދުއަހުލާގީ އަމަލު ހިންގާފައި ވަނީ މިދިޔަ މަހު ކުރީކޮޅު ކަމަށް އެ އާއިލާއިން ބުންޏެވެ. ނަން ހާމަ ނުކުރަން އެދި އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ އޭނާ އެ ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގާފައި ވަނީ މޯބައިލް ފޯނެއް ދޭނެކަމަށް ބުނެ ރޭގަނޑު ނުވައެއް ޖަހާލާ ކަންހާއިރު ރަށުގެ ވަލުތެރެއަށް ގެންގޮސްފައި ކަމަށެވެ.
"އޭނަ އެކުދިންނަށް މޯބައިލް ފޯނެއް ދޭނެ ކަމަށް ބުނުމުން އެ ދެކުދިން ވަރަށް ގިނައިން އެ ގެއަށް ގޮސް އުޅޭ. އެކުދިންނާ ބެހިފައި ވަނީ އެއްރެއަކު އިރާކޮޅު އެ ގެއަށް ދިއުމުން ފޯނު ދޭނެކަމަށް ބުނެ އެ ރަށު ފުއްޓަރު ފަރާތު ވަލުތެރެއަށް ގެންގޮސް. އޭނަ އެކުދިންނަށް ސިނގިރޭޓާއި ލާރި ދީ ހަދާފައިވޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެކަން ފަޅާ އަރާފައިވަނީ އޭގެ ދެ ހަފްތާއެއް ވަރު ފަހުން އެ ކުދިން ސިނގިރޭޓް ބޯތަން ފެނި އެއީ ކާކު ދިން އެއްޗިއްސެއްތޯ އެހުމުން އެ ކުދިން އެ ވާހަކަތައް ކިޔައިދިނުމުންނެވެ.
އެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ އެ ދުވަހުން ފެށިގެން އިގުބާލު ރަށުން ބޭރުގައި އުޅުމުގެ ސަބަބުން ދެވަނަ ފަހަރަށް އެއްވެސް ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގާފައި ނުވާ ކަމަށް ދެ ކުދިންވެސް ބުނެފައިވާ ކަމަށެވެ.
No comments:
Post a Comment