21.6.08

ށ.އަތޮޅުއޮފީހުން އެއަތޮޅު މަރޮށީގައި އެށްގަމާއި ކަނޑުގެ ލައިސަންސް ބަހައިފި!

ށ.މަރޮށީގައި ޓުރާންސްޕޯޓާއި އަތޮޅުއޮފީސްއަދި ރަށުއޮފީސްގުޅިގެން ރަށުގެ 40 މީހަކަށް ޤަވާއިދާއި ހިލާފަށް އެށްގަމާއި ކަނޑުގެ ލައިސަންސް ދޫކުރަށްވައިފި ކަމަށް މުޢުތަބައްރު ފަރާތަކުން މި ސައިޓަށް މަޢުލޫމާތު ދެއްވައިފިއެވެ. ނަންހާމަކުރުމަށް ނޭދޭ ފަރާތަކުން މިސައިޓަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ނިޒާމީ ވޯޓަށް ޑީ.އާރު.ޕީގެ އެދުމަކަށް ށ.އަތޮޅުއޮފީހުން މަރޮށީގައި ދިރިއުޅެމުންދާ މޮޔަރައްޔިތުން ގަނެލުމަށްޓަކައި ދޫކުރަށްވާފައިވާ ލައިސަންސްތަކެކެވެ. ހުދު އަޅުގަނޑު ވެސް ޤަބޫލުކުރާހިއްވަނީ މިހާރު މަރޮށީގެ ރައްޔިތުން އެތިބީ ޑީ.އާރު.ޕީއިން ގަނެނިންމާފައޭ! މި ޒުވާނާ ބުނެފައިވަނީ"މަރޮށީ ރައްޔިތުން މިތިބީ މަޢުމޫނަށް ވިކިފާ" އެހެންވީމާ މުޅި ދިވެހި މުޖްތަމަޢު ވެސް ދެކޭނީ މޮޔައިންގެ ރަށެއްކަމުގައެވެ. ވުމާއެކު މުޅި މުޖްތަމަޢު ޤަބޫލުކުރަންވީ މަޢުމޫނު އަބްދުލްޤައްޔޫމް އެމަނިކުފާނުން ހެއްދެވި އެށްގަމާއި ކަނޑުގެ ޤަވާއިދުތަށް މުގުރާލެއްވުމަށްފަހު ފުދި ވަޑައިނުގަންނަވައިގެން އަމިއްލަ އެދުމާއި މަސްލަހަތަށްޓަކައި ބައިނަލު އަޤްވާމީ ޤަވާއިދުތަކުގެ އިމުންވެސް އެމަނިކުފާނުން ފަހިނައަޅާ ހިގައްޖެކަމެވެ. މަރޮށީގައި ދޫކުރެވުނު ލައިސަންސް ބުރުގެ ބައެށް ބައިވެރިންނަކީ ލިޔަންކިޔަން ވެސް ނޭގޭމީހުން ނަމުގައި ތިޔަރީ ހެދިނަމަވެސް ޕުރެކްޓިކަލު ޓެސްޓުހަދާކަށް ނުޖެހޭ! އަދި ފާހަގަކުރެވޭ އެށްކަމަކީ މަރޮށީ އޮފީހުގެ ސެކެއްޓަރީ މުހައްމަދު ހަމީދު.ކަފަމާގެ މީނާއަކަށް ތިއަރީއެށް ޕުރެކްޓިކަލުއެށް ހަދަން ނުޖެހޭތާންގައި އިމްތިހާނު ހޯލަށް ވެސް ވައްނަކަށްނުޖެހޭ. މި އިމުތިހާނުގެ އެގްޒެމިނަރުންނަކީ އަތޮޅުއޮފީހުގައި ޓުރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރަށްވާ އަޤުލީމާ އާއި ށ.މިލަންދޫ ކަތީބް ޢަލީ ރަސީދު އެވެ.

No comments: