ރ.ކަދޮޅުދޫގައި ހުރި އެއްމެ މޮޅު މާލިމީ މުހައްމަދު ސައީދު ށ.މަރޮށީ 2 ދޯނި ފަރަށްއަރުވާލާ ހަލާކު ކޮއްލައިފި!
ރ.ކަދޮޅުދޫ މުހައްމަދު ޝައީދުއަކީ އޭނާގެ ވަރަށް ޅައުމުރުގައި ށ.މަރޮށީ އިރަމާގޭ ހައްވާ މުހައްމަދުއާއި ކާއިވެނިކޮއް މިރަށުގައި ދިރިއުޅެމުންދާ މީހެކެވެ. މީނާ މިރަށުގައި ދިރިއުޅެމުންދާތާ 20 އަހަރު ވެއްޖެއެވެ. މި 20 އަހަރު ދުވަހު ތެރޭގައި މީނާ ވަނީ މަރޮށީގައި ގިނައަދަދެއްގެ ނުބައި ކަންތައްތަކެށް ހިންގާފައެވެ. ރަށް ފަސާދަކޮށް އާންމު މަސްލަހަތު ގެއްލޭފަދަ އެތަށްއެތައް ކަމެއް ހިންގާފައެވެ. މީގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަށް ކުޑަކޮށް އަލިއަޅުވާލާނަމެވެ.
މި މުހައްމަދު ޝައީދު އެއްމެ ފުރަތަމަ ފަރަށް އަރުވާލާއި އަޑިއަށް ދުއްވާލީ އަޒުމް ނަމަކަށް ކިޔާ 65 ފޫޓުގެ ނާލު ބޯޓެކެވެ. މިބޯޓު އަޑިއަށް ދުއްވާލާފައިވަނީ ކ.އަތޮޅު މާހަލު ތެރެއަށެވެ. އަޑިއަށް ދިޔައިރު މިބޯޓުގައި ކޮމަށްޑޫ އަދި މަރޮށީ ރައްޔިތުންގެ މުދަލުން ވަނީ ބޯޓުބަރުކޮއްފައެވެ. މަރޮށި އަދި ކޮމަންޑުއާއި ދެ ރަށުގެ 100 ފަސިންޖަރުން އުޅަނދުގައި ތިށްބެވެ. މިބޯޓްއަޑިއަށް ދުއްވާލުމުގެ ސަބަބުން މިދެ ރަށުގެ ރައްޔިތުންނާއި އުޅަނދުގެ ވެރިފަރާތަށް ވަނީ އެތަށް މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ.
މީނާ އަޑިއަށް ދުއްވާލި ދެ ވަނަ ދޯންޏަކީ 54 ފޫޓުގެ ނަމޫނާ ދޯންޏެވެ. މި ދޯނި އުރުވާލާފައިވަނީ ށ.ކިލިއްސަރު ފަރަށެވެ. މިދޯންޏަކީ ށ.މަޑިދޫގައި ބޭނުންކުރާ ދޯންޏެއް ކަމުން މިދޯނި އޮތީ އެރަށައް ގެންދާ ކައުޑަން އަރުވާ ބަރުކޮއްފައެވެ. މި އުޅަނދު އަޑިއަށް ދިއުމުގެ ސަބަބުން ވެރިފަރާތަށްވަނީ އެތައްމިލިއަން ރުފިޔާއެއްގެ ގެލުމާއި ކުރިމަތިލާންޖެހިފައެވެ.
No comments:
Post a Comment