ށ.މަރޮށި އަލް މަދަރުސަތުލް މުނައްވަރާގެ 8،9،10އެއް ގެ ދަރިވަރުން އެއަތޮޅު ނަލައްދު އަށް ދަތުރު ހިގައްޖެ!
މަރޮށީ މަދަރުސާގެ 8,9,10 ގެ ދަރިވަރުން ތަޖުރިބާ ދަތުރު އެއަތޮޅުގައި ސިނާއީ މަސައްކަތް ކުރާ ރަށެއް ކަމަށްވާ ނަލައްދުއަށް ހިގައްޖެ ކަމުގެ މަޢުލޫމާތު މިސައިޓަށް ލިބުމާއި ގުޅިގެން އަޅުގަނޑުމެށް މިސައިޓްގެ ފަރާތުން މަދަރުސާގެ ދަރިވަރަކާއި ފޯނުން ގުޅާ ވާހަކަ ދަށްކާލީމެވެ. އެފަރާތުން މި ސައިޓަށް ކިޔާދިން ގޮތުގައި މިދަތުރަކީ ދަރިވަރުންނަށް އެއްވެސް ފައިދާއެށް ކުރާނެ އަދި ކުރި ދަތުރެއްނޫން. މިއީ ޓީޗަރުން ނަލައްދޫ ބަލާލުމަށް ކުރި ދަތުރެށް. މި ދަތުރުން ފައިދާ ކުރާނީ ހަމަ ޓީޗަރުންނަށް. މިއީ އެމީހުންގެ ޕިކްނިކް ދަތުރެއް ކަމަށެވެ.
މަރޮށީގެ ގިނަ ފަރާތްތަކަކުން ދެކޭ ގޮތުގައި މިދަތުރަކީ މުހައްމަދު އަބުދުއްރަހުމާނު (ބޮޑޭ) އިސްވެ ހުރެގެން އިއްރިޒާމްކޮއްފައިވާ ދަތުރެކެވެ. މިދަތުރު ނިއްމާފައި ދަތުރުގެ އެއްމެއިސް ބައިވެރިން ކަމަށްވާ މުހައްމަދު ވަހީދު (ޓީޗަރ) އަދި އަލީ ނަސީރު (ޓީޗަރ) ބަދަރު އުފާ ހޮޓަލުގައި ބޮޑޭއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެމީހުންގެ މަސައްކަތް ވަރަށްވެސް ކާމިޔާބު ކަމަށެވެ. މި ކަމުން ދޭހަވަނީ ދަތުރަކީ އެމީހުންގެ އަމިއްލަ ފައިދާއަކަށް ކޮސްފައިވާ ދަތުރެށް ކަމެވެ. މި ކަމުގައި ހުރި ހިތާމަ އަކީ މަދަރުސަތުލް މުނައްވަރާގެ 8،9،10، ގެ ދަރިވަރުންގެ ތަޖުރިބާ ދަތުރެއްގެ ނަމުގައި މި ދަތުރު އިންތިޒާމު ކުރިކަމެވެ.
No comments:
Post a Comment