ށ.އަތޮޅުއޮފީހުން އެއަތޮޅު ނޫމަރާ މީހުންނަކަށް ޖަވާބުދާރީއެއް ނުވެވުނު!
ނޫމަރާ މީހަކު އަތޮޅުވެރިޔާ އަހުމަދު ޤާސިމްއާއި ނޫމަރާ މީހުން ފުނަދުއަށް ބަދަލުކުރުމާއި ގުޅޭގޮތުން ކުރިސުވާލަކަށް ޖަވާބްދާރީނުވެވުނުކަމީ އަތޮޅުގެ ކޮންމެ ރައްޔިތަކުމެ ވިސްނާހިތާމަ ކުރަންޖެހޭ ކަމެށްކަމެވެ. އަތޮޅުވެރިޔާއާއި ކުރެވުނު ސުވާލަކީ ކޮބާތޯ! ސަރުކާރުން ށ.ނޫމަރާ ރައްޔިތުން ށ.ފުނަދުއަށް ބަދަލުކުރުމަށް ނިންމާފައި ވީ ހިދު ބަދަލުވާންއެދޭ މީހުންނަން މަޢުލޫމާތު ނުދެއްވާ އޮތީ ކީއްވެތޯ އާއި އަދި ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ސިޔާސަތަކީކޮބާތޯ! ހަމައެއާއި އެކު ގެންގުޅުއްވާ އުސޫލަކީ ކޮބާތޯ އެވެ� ޖަވާބްގައި "އަތޮޅުވެރިޔާ އަހުމަދު ޤާސިމް ވިދާޅުވީ ށ.ނޫމަރާއާއި ބެހޭ އެއްވެސް ކަމެށް އަޅުގަނޑަކަށް ނޭގެ".
މިއީ އަތޮޅުވެރިޔާ އަހުމަދު ޤާސިމް ދެއްވަންވީ ޖަވާބްތޯއެވެ. މިޖަވާބު ނޫނީ ދެއްވަން ނޭގުނީތޯއެވެ. މިހާވަރު ނޭގޭ މީހަކާއި ސަރުކާރުން އަތޮޅެއްގެ ވެރިކަން ހަވާލު ކުރެއްވީ ކީއްވެބާވައޭ އަޅުގަނޑު ހިތައްއަރައެވެ.
No comments:
Post a Comment