03/06/2008
ށ.މަރޮށީ އިންޖީނުގެ ޖަމުއިއްޔާއަށް ހަވާލުކުރާނީތޯ ނޫނީ ރައްޔިތުންހިންގާނީތޯ ބެލުމަށްޓަކައި ރަށުގެ ރައްޔިތުންގެ މެދުގައި ނެގިވޯޓަކައްފަހު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހަކު އިތުބާރު ހޯދުމަށްޓަކައި =/20,000 ރ ދިވެހި ރުފިޔާގެ އަގުހުރި ޕުރޮޖެކްޓަރެއް ގެނެސް ސުކުރީނު ހަދާ ޝާފް ޗެންޕިއަންސިޕް މުބާރާތާއި ޔޫރޯ ފުޓުބޯޅަ މުބާރާތް ރަށުގެ ބަދަރު ސަރަހައްދުގައި ބުރޯޑުކާސުޓް ކުރަމުން އެބަގެންދެ އެވެ. މުއުތަބައްރުފަރާތަކުން މަޢުލޫމާތު ދެމުން ބުނިގޮތުގައި މިކަމަށް ޖުމްލަ =/45,000 ރ ދިވެހި ރުފިޔާ ހަރަދުވެފައިވާކަމަށެވެ.
މިޕުރޮޖެކުޓަރ ގެނައުމުގެ ދެވަނަ ބޭނުމަކީ ބަދަރު އުފާ ހޮޓަލުގެ ވިޔަފާރި މިދުވަސްކޮޅު ދައްވެދާނެތީއެވެ. ދިވެހިންގެ ލެޔާ ގުޅިލާމެހިފައިވާ ޝާފް ގޭމްސްއާއި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ހިޔަނި ހޮޓަލުގެ ވިޔަފާރިއައް އެޅޭނެކަން ޔަގީނެވެ. ވުމާއެކު ޕުރޮޖެކްޓަރ އެށް ގެނެސް ހޮޓަލުގެ ފުރަގަހުގައި ސުކުރީން ހަދާ ހޮޓަލުގައި ތިބެގެން ފުޓުބޯޅަ ބެލޭގޮތް ހެދުއް އެއީ ހޮޓަލުގެ ވެރިފަރާތުން އަޅާފައިވާ ވަރަށް މުހިއްމު ފިޔަވަޅެކެވެ. މިއީ ހޮޓަލުގެ ވިޔަފާރި ކުރިއަށްވުރެ ދަށްނުވެ އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަމާމެދަކު ޝައްކެށް ނެތެވެ. މިކަމުގައި މީނާއައް އެހީވެދޭ ފަރާތް ތަކުގެތެރޭގައި ހިމެނެނީ އަހުމަދުރަސީދު¡ މުހައްމަދުވަހީދު¡ އަހުމަދުސަލީމްމޫޝާ¡ އަބުދުއްރައްޒާޤްއަބްދުލުޚާދީ¡ މިއިން ކޮންމެމީހަކީވެސް =/3,000ރ ރުފިޔާ އަށް ވުރެކުޑަނުވާނެ އެހީއެށްވާނެ ކަމަށް ބުނާ މީސްމީހުންނެވެ. މީގެ އިތުރުން އެހީވާ ފަރާތްތަކަކީ އަލީ ނަސީރު¡ ސުއެބްއަބުދުއްރަހުމާނު¡ ހަލީލުއްރަހުމާނު¡ އަހުމަދު އަބްދުއްﷲ¡ އަހުމަދުނަފީސް¡ އިބްރާހިމްނަސީރުޤާސިމް¡ އަހުމަދުސަކީބް¡ އިސްމާއިލުވަހީދު¡ ތޯހާހަސަން މިއެވެ.
އާދެ! މިއިން ދޭހަވަނީ އަމިއްލަ އެދުމުން ބަޔަކުތަތްތެޅިފައިވާ މިންވަރެވެ. މިއީ މަރޮށީގެ ތަނަވަސް މީހުންގެ މާސްޓަރ މައިންޑު ވިސްނުމުގެ މަކަރާއި ހީލަތުގެ މަޅިއެކެވެ. މިމަޅީގައި ނުބެދި ސަލާމަތުން ތިބުމަށް ނަން ހާމަކުރަންނޭދޭ މީހަކު މަޢުލޫމާތު ދެމުން ގޮވާލާފައިވެއެވެ. އިސްވެ ބަޔާންކޮށްފައިވާ ކޮންމެމީހަކީ ވެސް ރައްޔިތުންނާއި ޤައުމަށާއި އުފަން ރަށައް ހިޔާނާތްތެރި ވެފައިވާ ބަޔެކެވެ. މިއީ ފަހަރެއްގައިވެސް ހަދުމަ ނައްތާލައިގެނެށް ނުވާނެއެވެ.
1 comment:
thi liyunu meehaaves thee hiyaanaaitheri eh dhen hama hama veenu dho
Post a Comment