24.7.08

ށ.މަރޮށީ ސްކޫލުގެ ޕުރިންސިޕަލް މުހައްމަދު ޝުކުރީ ރަށުން ފޮނުވާލުމަށްޓަކައި ތިން ޓީޗަރުން މިނިސްޓަރީ އޮފް އެޑިއުކޭސްންގައި އެދިފި!

މަރޮށީ ސުކޫލުގެ އެކުޓިން ހެޑްމާސްޓަރ އަހުމަދު އަބުދުއްލާ¡ ޕުރައިމަރީ ޓީޗަރ ޢަލީ ނަސީރު¡ ޕުރައިމަރީ ޓީޗަރ ޝުއެބް އަބުދުއްރަހުމާންއާއި މިތިންޓީޗަރުން މަރޮށީ ސުކޫލުގެ ޕުރިންސިޕަލް މުހައްމަދު ޝުކުރީ މަރޮށީއިން ބަދަލު ކުރުމަށް އެދި ބެލެނިވެރިންގެ ނަމުގައި މިނިސްޓަރީގައި އެދިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ ނުފޫޒްގަދަ ޓީޗަރުންގެ ނުފޫޒާއި އާރާއިބާރު ކެޑެމުންދާތީވެ އެބައިމީހުން ހިންގަމުންގެންދާ ސިލްސިލާ ޕުރޮގުރާމެއްކަމާއި މެދަކުއެއްވެސް ސައްކެއްނެތެވެ. އަދި މިޕުރޮގުރާމަށް ނިމުމެއް އަންނާނީ ކޮންއިރަކުންބާވައޭ އަޅުގަނޑުގެ ހިތައްއަރައެވެ. މިސިލުސިލާ އަކަށް ނިމުމެށް ނެތެވެ. މިހެން މިނަންގަތީ އެތައްބައިވަރު ސަބަބު ތަކަކާ ހުރެއެވެ.

މިލިޔުމުގެ ތިރީގައި މިވާ ލިޔުމަކީ ރަށައް ހެޔޮއެދޭ ކުދިންކޮޅެށް މިކަމާއި ހިތްހަމަނުޖެހިގެން ލިޔެ ރަށުގެ ގިނަތަންތާގައި އާންމުކޮއް ފެންނާނެ ގޮތަށް ހަރުކޮއްފައި ލިޔުންތަކެއްގެ އަސްލެކެވެ. މިލިޔުންތަށް ލިޔެ އާންމުކޮށް ފެންނާނެގޮތަށް އެކިތަންތާގައި ހަރުކުރިބަޔަކީ ހިތްވަރުގަދަބައެއްކަމާއި އަދި އެކުދިން އެކުރި ހިތްވަރަށް މިސައިޓްގެ ފަރާތުން ސާބަހާއި ހައްސަރިބަސްދެމެވެ.

No comments: