24.7.08

ނުފޫޒު ގަދަ ބަޔަކު މަރޮށި ޖެޓީބުޑަށް ހިލަ¡ހިލަވެލި އަދި ސިމެންތި ޖަމާކުރަނީ!

ރާއްޖޭގެ ކޮންމެ ރަށެއްގާވެސް ސަރުކާރުން ހައްދވާފައިވާ ޤަވާއިދުތަކުގެ އިތުރުން އަމިއްލަ ޤަވާއިދުތަކެށް އޮވެއެވެ. ޒަމާނުންސުރެން މިހެންމިކަން އޮތުމުގެ ހަޤީޤީސިއްރަކީ އެރަށެއްގެ ރައްޔިތުންގެ މެދުގައި އާއްމު މަސްލަހަތު ގެއްލުނަނުދިނުމާއި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގޮތުންނެވެ. މިގޮތުން ށ.މަރޮށްޓަކީ ވެސް މިފަދަ ޤަވާއިދު ތަކަކަށް އަމަލުކުރަމުން އަންނަރަށެކެވެ. މި ރަށުގެ ފަނޅު ކޮމިޓީއިން ހައްދަވާފައިވާ ޤަވާއިދުގައި ވާގޮތުން ދިގު މުއްދަތެށްގައި ބަދަރުގައި ބެހެއްޓުމަށް މުދާ ޖެއްސޭނީ އެއްގަމުތޮށިން ފެށިގެން 30 ފޫޓް ދުރުގައެވެ. ނަމަވެސް ހިތާމައަކީ ރަށުން ބޭރުގެ ފަރާތްތަކުން ރަށުގެ ތަނަވަސް މީހުނާއި ގުޅިގެން ޤަވާއިދާ ހިލާފުވަމުންދާތީ އެވެ.

އާދެ! މިގޮތުން ށ.ކަޑިތީމު"އުޅިއަށި ބޯޓްން"މަރޮއްޓަށް ކޮންކުރިޓު މަސައްކަތް ކުރާފަރާތްތަކުން ގެންނަ ހިލަ¡ހިލަވެލި¡ސިމެންތި¡ލަނކުޑި¡ޓިނުފަދަ ތަކެތި ޖެޓީއާއި 10 ފޫޓަށްވުރެ ކައިރީގައި ޖައްސާތީވެ ބަޔަކު އޮފީހުގައި ސަކުވާކުރުމުން ދެއްވިޖަވާބަކީ އެބޯޓުގެ ކެޕްޓަން ހުސެއިން އަލީ ބުންޏޭ ހަމަ މިހާރު އަންނާށޭ ފޫޓް ފީތާއެށް ހިފައިގެން! މިހެން ބުނުމުގެ ސަބަބުން ކަތީބު މުހައްމަދު ނައީމް ކޮންމެވެސް ސަބަބަކާއިހުރެ މަސްހޫރު ކައްޕި ދެކެބިރުން ކައްޕި ހުސޭނު އެދޭގޮތަށް ނިންމާލީ އެވެ. ހުސޭނުގެ ހުންނަފޮނި ކަމަކަށްވުރެ ބޮޑަށް އޭނާގޯސްވެފާވަނީ މަރޮށީގެ ތަނަވަސް މީހުން އޭނާއާއި ގާތްގުޅުމެއް އޮންނާތީ އެވެ. މިގޮތުން މިނާއާއި ގުޅުން އޮންނަފަރާތްތަކަކީ މުހައްމަދު ވަހީދު¡ މުހައްމަދު އަބުދުއްރަހުމާނު¡ މުހައްމަދު ސަލީމް¡ އުސްމާނު ސާކިރު¡ އިބްރާހިމް ހަސަން މިއެވެ. މިއީ މިމީސްމީހުނާއި ގުޅުން ބޮޑުވުމުގެ ސަބަބުން ރަށުގައި ހިންގޭ ޤަވާއިދާ ހިލާފު އަމަލުތަކެވެ. ވީމާ މިހާރު މަރޮށީގެ ރައްޔިތުން މިފަދަ ކަންތަންތަކާއިމެދު ވަރަށްބޮޑަށް ވިސްނަންވެއްޖެ! ނުސްނާނަމަ ފަހުން މަރޮށީގެ ރައްޔިތުން ހިތާމަ ކުރަންޖެހޭނެ އެވެ.

No comments: