24.7.08

ށ.މަރޮށި ކުނިކޮށި ފުރިބަންޑުންވެ އުތުރިއަރަނީ!

ށ.މަރޮށީގައި ސަރުކާރުން މީގެއެއް އަހަރުކުރިން ކުނިކޮއްޓެއްވަނީ ހައްދަވާދެށްވާފައެވެ. ނަމަވެސް މިހާރު އެތަން އޮތުމަށްވުރެން ރަގަޅުވާނީނެތުމެވެ. މިހެން މިބުނަނީއެތަން ސާފުތާހިރު ކަމާއިއެކު ބަލަހައްޓާނެ ޒިންމާދާރު ބަޔަކު ނެތީތީ އެވެ. ސަރުކާރުން ވިޔަސް އަމިއްލަ ބަޔަކު ނުވަތަ އެހީދޭ ޖަމާއަތަކުން އިންސާނީ އެހީއެއްގެގޮތުގައި ކޮށްދިން ކަމަކަށް ވިޔަސް ރަށުއޮފީހާއި ހަވާލުކުރުމަށްފަހު އެތަން ޒިންމާދާރުގޮތުގައި ބެލެހެއްޓޭނެ ގޮތްތަކެއް ހަމަޖައްސަންޖެހޭނެ! ނޫނީ އެފަދަބަޔަކާއި ހަވާލު ކުރަންވާނެއެވެ.

ނަމަވެސް ހިތާމައަކީ ކުނިކޮށި ފުރިބަންޑުންވެ އުތުރި އަރައިގެން ގޮއްސާވާކަމެވެ. މިކަމުގެސަބަބުން ރަށުތެރޭގައި ބަލިމަޑުކަމެއް ފެތުރިގެންހިގައިދާނެކަމުގެ ބިރު ވަރަށްބޮޑެވެ. މަރޮށީ ސިއްހީމަރުކަޒުންވެސް މިކަމާއި ކަންބޮޑުނުވާކަން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ. ހަމަ އެހެންމެ ރަށު އޮފީހުން ވެސް ކަންބޮޑު ނުވާކަން ފާހަގަކޮއްލަށް ޖެހޭކަމީ ހިތާމަކުރަން ޖެހޭކަމެކެވެ.

No comments: