9.10.08

ށ.މަރޮށީގައި ދިރިއުޅޭ ރ.ކަދޮޅުދޫ/ މުހައްމަދު ސައީދު ބަދަރުއުފާ ހޮޓަލުގައި މަސައްކަތް ކުރާ ބިދޭސީއެށް ގައިގާ ހަތަރު ކިލޯގެ ބޮޑު ގާގަޑަކުން ޖަހައި މާރާމާރީއެށް މިރަމަޟާން މަހު 26 ވަނަދުވަހުގެ ހަވީރު ހިންގައިފި!

27/09/2008

މިސައިޓައް މައުލޫމާތު ލިބިފައިވާގޮތުގައި މި މުހައްމަދު ސައީދު މިބިދޭސީމީހާ ގައިގާ ޖެހިކަމަށްވަނީ މީނާގެ ވީލް ބަރޯއަކަށް މަހެއްލުމުގެ ސަބަބުންކަމަށެވެ. މި މާރާމާރީގައި ބިދޭސީ މީހާއަށް އެކިވަރުވަރުގެ ބޮޑެތި އަނިޔާވެފައިވާކަމަށް މައްޒަރުދުއް މީހުންގެފަރާތުން މަލޫމާތު ލިބިފައިވެއެވެ. މި މާރާމާރީ މިހާރު ށ.ޕޮލިސް ސުޓޭސަންގެ ހާއްސަ ކުރައިމް އިންވިސްޓިގޭސަނުން ބައްލަވާ ތަހުޤީގުކުރައްވަމުން ގެންދަވާކަމަށްވަނީމައުލޫމާތު ލިބިފައެވެ. މިގޮތުން ރަމަޟާން މަހުގެ 28 ވަނަ ދުވަހު ފުލުހުން އައިސް ވަނީކޮންމެވެސް ވަރަކަށް ތަހުޤީގު ކުރަށްވަން ފައްޓަވާފަ އެވެ. ނަމަވެސް މަންޒަރުދުއް ދެމީހުންކުރެ އެކަކު ކަމުގައިވާ ޢަލީ މުހައްމަދު ރަށުގައި ނެތުމުގެ ސަބަބުން މިދުވަހު މައްސަލަ ކުރިޔަށް ނުގެންދެވުނީކަމަށް މިމައްސަލަ ދުރާއިގާތުން ބައްލަވަމުން ބައްލަވަމުން ގެންދަވާފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މި ބިދޭސީ މީހާގެ ވެރިފަރާތުން ބުނެފައިވަނީ މިފަދަ ރަހުމު ކުޑަ އަނިޔާވެރި އަމަލެއް ހިއްގި މީހަކާއިމެދު އިންސާފު ހޯދުމަށްޓަކައި މިކުރާ މަސައްކަތުން ކުރިއެރުމެށް ނުލިބިއްޖެނަމަ އެހޯދުމަށްޓަކައި ސުޕުރީމް ކޯޓަށް ހުށައަޅާނެ ކަމަށެވެ. ސުޕުރީމް ކޯޓުން މައްސަލަ ނިންމާގޮތަކުން ފަހަރެއްގައި އެމީހުންގެ އަމިއްލައަށްވެސް ނިންމަށް ޖެހިދާނެކމަށެވެ. މީގެ އިތުރަށް ކިޔާދެމުން ބުނިގޮތުގާ މި މުހައްމަދު ސައީދަކީ މިރަށުގައި މާ ބާރުގަދަވެގެން ދާދާ ހެދިގެން އުޅޭމީހެކެވެ. މިނާއަކީ ވަރަށްގިނަ ކުދިންނަށް އަނިޔާކޮއް ވަރަށްގިނަ މީހުންގެ މުދަލަށް ބޮޑެތިގެއްލުން ދީފައިވާ މީހެކެވެ.

No comments: