ށ.މަރޮށި އޮފީހުގައި ރަށް ހިންގާނެ ވެރިޔަކު ނެތް ތާގައި ކޯޓްގައި ޤާޒީއަކު ވެސްނެތިފާ!
މަރޮއްޓަކީ 800 ވުރެގިނަ މީހުންގެ އާބާދީއެއް އޮތް މޭލެއް ހަމަނުވާ އާދައިގެ ރަށެކެވެ. ރަށަކީ އަތޮޅުގެ ހުޅަނގު ބިތުގައި ވަކިން އޮންނަ ރަށެއްކަމުން މިރަށުގެ ރައްޔިތުން ވަނީ ވަރައް ދަތި އުދަގޫ ތަކެއް ތަހައްމަލު ކުރަންޖެހިފައެވެ. މިއިން ދޭހަވަނީ ރަށުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ ފަރުދީ އަދި އިންސާނީ އަސާސީ ހައްޤު ތަކެއް ލިބިނުދޭކަން ސަރުކާރުގެ ކަމާބެހޭ މުވައްސަސާ ތައް ހިންގުމާއި ހަވާލުވެފައިވާ އިސް ފަރާތް ތަކަށް އިހުސާސް ނުކުރެވޭ ކަމެވެ. މިއަދު ކޮންމެ މީހަކުވެސް ސަރުކާރުގެ ޖަވާބުދާރީ ވާންޖެހޭ ފަރާތް ތަކާއި ކުރަން ބޭނުންވާ ސުވާލަކީ މިއީތޯ ރައްޔިތުންނަށް ލިބިދޭ މިނިވަން ކަމަކީ މިއީތޯ ރައްޔިތުންނަށް ލިބިދޭ ލުއިފަސޭހަ އަކީ ދެން ކިހިނެއްތޯ އަޅުގަނޑުމެއް ސަރުކާރަށް އިތުބާރު ކުރާނީ ވިދާޅުވެ ބައްލަވާށެވެ.
މަރޮށީގައި މިހާރުވެސް ޤާޒީ އަކުނެތި ކޯޓް ހިއްގާތާ 1 އަހަރުވީ އެވެ. ރަށުއޮފީސް ހިންގާނެ ވެރިޔަކު ނެތިފައި ހުންނަތާ 8 މަސްދުވަސް ވީ. އެހެންވީމާ ދެން ރަށުގެ އާންމު ހާލަތު އޮންނާނީ ކިހިނެއްބާވައޭ އަހަރެމެންގެ ހިތަށް އަރައެވެ. އެރަށުގެ މީހަކު ބުނި ގޮތުގައި 8 މަސް ދުވަހުތެރޭގައި ރަށުއޮފީހުން ކުރަންޖެހޭ ނިންމަންޖެހޭ އެއްވެސް ކަމެއް ނުނިމޭ އަދި ނުވެސްވޭ. ރަށުގެ ޒުވާނަކު ބުނަނީ"މިހާރު އަހަރެމެން އެންމެ ބޭނުމީ ރައްޔިތުންނާއި ގުޅިގެން ރަށުއޮފީސް ހިންގާނެ ހަރުދަނާ ވެރިއެއް މި މަޤާމަށް މުހައްމަދު ސަލީމް. ފެސްކޯ، އަހުމަދު ސަލީމް މޫޝާ، މުހައްމަދު އަބުދުއްރަހުމާން މި 3 މީހުން ކުރެ މީހަކު ތަސައްރަފެއް ނުފުދޭ! އެހެންވީމާ މިމީހުން ކަމަކު ނުދާނެއެވެ".
No comments:
Post a Comment