24.7.08

ށ.މަރޮށީގައި އެމް.އެޗް.އޭ އިން ހިއްގަމުން ގެންދިޔަ މަދަރުސާ އަލުއް އެއްކޮށް އިމާރާތް ކޮއްފައި 27 އަހަރަށް ފަހު ސަރުކާރާއި ހަވާލު ކޮއްފި!

ށ.މަރޮށީގައި އެމް.އެޗް.އޭ އިން ޚަރަދު ކޮއްގެން ހިންގަމުން ދިޔަ ސުކޫލް އަލުން އެއްކޮށް އިމާރާތް ކުރުމަށް ފަހު ސަރުކާރާއި ހަވާލު ކުރަށްވައިފިއެވެ. މި ސުކޫލު ސަރުކާރާއި ހަވާލު ކުރުމުގެ ސަބަބަކަށް ވަނީ މަރޮށީގެ މަދު ބަޔަކު ފެށުނީއްސުރެން ސަރުކާރާއި ހަވާލު ކުރުމަށް އެދެމުންދާތީ އެވެ. ސުކޫލު ހަވާލު ކުރުމުން ރަށުގެ އެށްބަޔަކު އުފާކުރަމުން ދާއިރު އަނެއްބަޔަކު ހިތާމަ ކުރަނީއެވެ.

މި ސުކޫލާއި ހަވާލު ވުމަށްޓަކައި މަރޮށްޓައް އައީ އެޑިއުކޭސަނުން ބޭފުޅަކާއި އަތޮޅު ވެރިޔާއާއި އަތޮޅުއޮފީހާއި ރަށުއޮފީހުގެ އިސް ވެރިންނެވެ. ދެން ކަންވީ ކިހިނެށްތޯއެވެ.ހަވާލުވުމަށް ފަހު ވަޑައިގެން ބޭފުޅާ އަމުރު ނެރުއްވީ ހިދުންހިދަށް 11 ޓީޗަރަކު ވަޒީފާއިން ވަކިކުރުމަށެވެ. ށ.އަތޮޅުގެ އަތޮޅުވެރިޔާ އަހުމަދު ޤާސިމް މަރޮށީ ކަތީބް އަހުމަދު އަބުދުއްރަހުމާނުގެ ކިބައިން ތަކުރާކޮށް އެދެމުން ގެއްދިޔައީ ރަށުގެ ރައްޔިތުން އެއްކޮށް ކަމާބެހޭ މައުލޫމާތު ދިނުމަށްފަހު އެވަގުތު ރަށުގައި ތިބި ރައްޔިތުންގެ ހާޒިރުގައި މިކަށް ނިށްމުމަށާއި މި އިހުތިފާލު ވީޑިއޯ ކުރުމާއި ފޮޓޯ ނެގުމައް ބޭނުންވާ ކަމުގައެވެ. ނަމަވެސް ކަތީބް އަހުމަދު އަބުދުއްރަހުމާނު މިކަންކަމާއި ދެކޮޅު ހެއްދެވި އެވެ. ދެކޮޅު ހެދުމުގެ ގޮތުން ކަތީބް ބުނެފައިވަނީ "އަހަރެން މިއުޅެނީ ޑުރާމާއެއް ފިލުމެއް ކުޅެ އޭގެ އިސްތިހާރު ކުރާކަށް ނޫން! ރައްޔިތުން އެދޭތީ ސަރުކާރާއި ސުކޫލު ހަވާލުކުރަން". މީގެ ނަތީޖާއަކަށްވީ މިކަމާއި ހިތްހަމަ ނުޖެހިގެއް އަތޮޅުވެރިޔާ އަހުމަދު ޤާސިމް ހިދުންހިދަށް މަރޮށީއިން ފުރައިގެން ދިއުމެވެ.

No comments: