24.7.08

ރ.ކ ކޮމިޓީއާއި މެދު މަރޮށީގެ ރައްޔިތުން ހިތްހަމަނުޖެހިފައި ކަމަށް މުޢުތަބައްރު ފަރާތަކުން ޚަބަރުލިބިއްޖެ!

މަރޮށި ރ.ކ ކޮމިޓީއަކީ ރަށުގައި ހުރި ނޭދެވޭކަންތަށްތަކައި ކުރީގެ ކޮމިޓީއަށް ނުވެހުރި ކަންތައްތަށް ރައްޔިތުންނަށް ނުވަތަ ރަށުގެ ތަރައްޤީއަށް ކޮއްދިނުމަށްޓަކައި މަގުފަހިކޮއްދިނުމުގެ ގޮތުން ރަށުގެ ރައްޔިތުންގެ މެދުގައި ބޭއްވުނު އިންތިހާބަކަށްފަހު ވޯޓުގެ ސައްހަ ނަތީޖާއަކުން ހޮވާފައިތިބި ބައެއްކަމުން މިމީހުންނަކީ ރައްޔިތުންގެ ހާދިމުންތަކެކޭ ބުނެވިދާނެއެވެ. މިމީހުން މެންބަރުކަމަށް ކުރިމަތިލާފައި ވަނީވެސް ރަށާއި ރައްޔިތުންނަށް ރަގަޅު ފައިދާ ކުރަނިވި ކަންތައްތަކަކާއި ސަޤާފަތާއި ތަރައްޤީއާއި އެއްބައިވަންތަކަމާއި މަސްލަހަތު ރައްކާތެރި ކޮށްދިނުމުގެ ނިޔަތުގައި އަޒުމު ކަޑައަޅައިގެންނެވެ. ނަމަވެސް ހިތާމައަކީ މެންބަރުކަމަށް ހޮވުނު ހިސާބުން ރަށާއި ލޮބުވެތި ރައްޔިތުންނަންވީ ވަޢުދުތަކާއި އަހުދުތަކުގެ މަތީން ހަދުމަނެތުނުކަމެވެ. މިއީ މަރޮށީގެ ލޮބުވެތި ރައްޔިތުން އަބަދާއި އަބަދަށްޓަކައި ހިތާމަކުރާންޖެހޭނެ ކަމެއްކަމާމެދަކު ސައްކެށްނެތެވެ. މިއީ ސައްކެއް އޮތްކަމެށްނޫނެވެ. ހަމަ ޔަޤީނެވެ. ކަށަވަރެވެ!

އާދެ! ކަންކަން މިހާރު ފެންނަމުންދާގޮތުން ދަންނަވާލަންޖެހެނީ ށ.މަރޮށީގެ ރ.ކ ކޮމިޓީއަކީ ކަމަށް އެކަށޭނަ ޤާބިލު މެންބަރުންތަކެށް ހިމިނޭ ތަސައްރަފުދޭ ކޮމިޓީއެއް ނޫނެވެ. މިފަދަ ކޮމިޓީއެއް މަރޮށީކަހަލަގެ ތަރަށްގީގެ ގޮތުންނާއި ތަޢުލީމީގޮތުން ކުރިއަރާއި ޒަމާނީ ތަހުޒީބް ރަގަޅަށް އިގިހުރި ރައްޔިތުން ތަކެށް ދިރިއުޅެމުންދާ ރަށެއްގައި މިފަދަ ރ.ކ ކޮމިޓީއެށް އޮތުމަކީ އެރަށެއްގައި ދިރިއުޅޭ އެންމެހާ ރައްޔިތުންމެ ލަދުވެތިވާންޖެހޭ ކަމެކެވެ. ހިތާމައަކީ ކޮބާތޯއެ¿ ހިތާމައަކީ މިކަމާއިދޭތެރޭގައި ހިޔާލާއި ފިކުރުހިންގައި ވިސްނާ ނުވަތަ ވިސްނަމުންގެންދާ އެއްވެސް ފަރާތެއް މަރޮށީގައި ނެއްކަމެވެ. ށ.މަރޮށީގެ ރައްޔިތުން މިކަމާ ވިސްނުމަށްފަހު މިހާރު މިވަނީ ގޮތްތަކެށް ނިންމަންޖެހިފައި! މިހާރު ގޮތްތަކެއް ނުނިންމިއްޖެނަމަ ފަހުން މިކަމުގެ ހިތާމަކުރަންޖެހޭނެއެވެ. މަރޮށީގެ ހުރިހާ ރައްޔިތުންމެ މި ކޮމިޓީގެ އިސްތިފާއަށް ގޮވާލަންވީއެވެ. އަމިއްލައަށް އިސްތިފާ ނުދީފިނަމަ އަތުގައިހިފާފައި ބޭރުކުރަންވީ އެވެ. އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު މި ގޮވާލަނީ ރ.ކ ކޮމިޓީ ހިދުންހިދަށްވެސް އިސްތިފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަންނަވާށޭ!

No comments: